ނަންބަރު: PR-PSD/2022/5
ދިވެހިރާއްޖޭގައި ޕޭމަންޓްގެ ޚިދުމަތް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން، ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ މި އޮތޯރިޓީއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި ޕޭމަންޓް މުޢާމަލާތްތައް ކުރުމަށް ޗެކު ބޭނުންކުރުން ވީހާވެސް މަދުކުރުމުގެ މަޤުޞަދުގައި އެމްއެމްއޭ އާއި ބޭންކްތަކާ ގުޅިގެން 2021 ވަނަ އަހަރު ތެރޭގައި ވަނީ އެކްޝަން ޕްލޭނެއް އެކުލަވާލާފައެވެ. ދެ އަހަރުގެ މުއްދަތަކަށް އެކުލަވާލެވިފައިވާ މި އެކްޝަން ޕްލޭން ތަންފީޛު ކުރުމުގެ އަމަލީ މަސައްކަތް، ބޭންކުތަކާއި ގުޅިގެން މި އަހަރުގެ ޖޫން މަހު ފެށުމަށް މި އޮތޯރިޓީން ވަނީ ނިންމާފައެވެ.
މި އެކްޝަން ޕްލޭންގެ މަޤުޞަދުތައް ހާސިލްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ބޭންކުތަކާއިއެކު ވަނީ މަޝްވަރާތަކެއް ކުރެވިފައެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެކުލަވާލެވުނު މި އެކްޝަން ޕްލޭންގެ ދަށުން އެކި މަރުހަލާ ތަކަށް ބަހާލެވިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށްވަނީ ނިންމާފައެވެ.
މީގެ އިތުރުންވެސް، ބޭންކުތަކުން އެފަރާތުގެ ކަސްޓަމަރުންނަށް (ވަކިވަކި ފަރުދުންނާއި ވިޔަފާރިތަށް ހިމެނޭގޮތުން) ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް ފަސޭހަކާމައިއެކު ބޭނުން ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުމަށް އެފަރާތުގެ ކަސްޓަމަރުން އަހުލުވެރި ކުރުވާ ހޭލުންތެރި ކުރުވުމަށް ވެސް ބޭންކު ތަކަށް ވާނީ އަންގާފައެވެ.
ބޭންކުތަކާއި ގުޅިގެން މި އެކްޝަން ޕްލޭން މިދިޔަ އަހަރު އެކުލަވާލެވިފައިވާ އިރު، 2020 ވަނަ އަހަރު ހަމަ މި މަޤުޞަދުގައި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭންކުތަކުން ޗެކު ބޭނުންކުރާ މިންވަރު މަދު ކުރުމަށް އެޅުނު ތަފާތު ފިޔަވަޅުތަކުގެ ސަބަބުންވެސް، އެދެވޭ ނަތީޖާތަކެއް ނެރެވިފައިވާކަން ފާހަގަކުރެވެއެވެ.
މި އެކްޝަން ޕްލޭންގެ ދަށުން ކުރުމަށް ރާވާފައިވާ، މަތީގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛު ކުރުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް، އެމްއެމްއޭ އާއި ބޭންކުތައް މެދުވެރިކޮށް ރައްޔިތުންނަށް އާންމުކުރަމުން ގެންދާނެއެވެ.
06 ރަމަޟާން 1443
07 އެޕްރީލް 2022
Number: PR-PSD/2022/5
As part of MMA’s objective of enhancing the efficiency of Payment Services, promoting the usage of electronic payments and discouraging the use of cash and cheques is a key focus area. Accordingly, during 2021, MMA has formulated an Action Plan in coordination with the banks with the objective of minimizing the usage of cheques as a means of payment in the Maldives. This action plan will be implemented for a period of 2 years, effective from June 2022.
In order to identify the most effective approach to achieve the objectives of this Action Plan, discussions were held with all commercial banks in the Maldives. In line with these, the following are the main action items that were finalized to be implemented during the forthcoming period.
Additionally, all the banks are also instructed to enhance the provision of convenient and accessible digital alternative solutions to all customers – including individuals and corporate customers. At the same time, banks are also encouraged to establish convenient mechanisms for on-boarding customers to use digital services and conduct public awareness, to entice customers towards such services.
While this action plan was formulated in collaboration with the banks, similar policies were imposed on Government Institutions, State-owned enterprises and Banks in 2020 to reduce the usage of cheques– and a desirable outcome was achieved.
Further details of the specific actions to be taken under each of the broader items specified above, will be communicated to the public via the MMA and the banks in due course.
7th April 2022
6th Ramadan 1443