Dhivehinnaai Dhivehi Raajje’ Maldivian Rufiyaa New Note Series

Introducing ceremony



Tweets

Photos

Concept



The Concept for Ran Dhihafaheh Note Series

Dhivehinnaai Dhivehi Raajje’

The Ran Dhihafaheh note series represents the Maldives, and the identity of Maldivians. The series as a whole attempts to encapsulate all the innate factors that define our country, and our ancestral identity.

In this sense, each singular note is a modern representation of different aspects of what makes us “Maldivian”, setting us apart from the rest of the world.

Each note has been given a distinct topic and a representative colour for ease of use. Mixed media has been used as the main design, combining traditional acrylic / water colour with a semi-realistic style used in the colouring.

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ކޮންސެޕްޓް
ދިވެހިންނާއި ދިވެހިރާއްޖެ

ރަން ދިހަފަހެއް ނޫޓު ސީރީޒް އިން ރަމްޒުކޮށްދެނީ ދިވެހިންނާއި ދިވެހިރާއްޖެއެވެ. މިގޮތުން ނޫޓު ސީރީޒް ފުރިހަމަ ކުރުމުގައި، ދިވެހިރާއްޖެ އަދި ދިވެހިންނާއި ދިވެހިންގެ ސަޤާފަތާއި އާދަކާދައާއި އަމިއްލަވަންތަކަން އޭގެ އަސްލާއި ހައިބަތު ނުގެއްލޭގޮތަށް ހަމަހަމަކޮށް ގެނެސްދިނުމުގެ މުހިންމުކަމުގެ މައްޗަށް ބަލާފައިވެއެވެ.

ނޫޓް ސީރީޒްއަށް މައުޟޫޢުތައް ކަނޑައަޅާފައިވާނީ ކޮންމެ ނޫޓްއަކަށް ވަކިވަކި މައުޟޫޢުތަކެކެވެ. އަދި ނޫޓުތައް ވަކިކުރުމަށްޓަކައި ކޮންމެ ނޫޓަކަށް ވަކި ކުލަ ޓޯންއެއް ދީފައިވެއެވެ. ނަމަވެސް ހުރިހާ ނޫޓެއް އެއްކޮށް އަތުރާލުމުން، "ދިވެހިންނާއި ދިވެހިރާއްޖެ" ފުރިހަމަގޮތެއްގައި ދައްކުވައިދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވެއެވެ.

ރަން ދިހަފަހެއް ނޫޓު ސީރީޒް ތައްޔާރުކުރުމުގައި ނޫޓުތަކުގެ ފަރުމާގައި ބޭނުންކުރި މައިގަނޑު ބައިތައް ކަމުގައިވާ ކުރެހުންތައް ކުރެހުމަށް ބޭނުންކޮއްފައިވަނީ މިކްސް މީޑިއާ (އެކްރެލިކް، ފެންކުލަ) އެވެ. އަދި ކުލަޖެއްސުމުގެ މަސައްކަތް ބޭނުންކޮށްފައިވާނީ ސެމީ ރިއަލިސްޓިކް ސްޓައިލް އެވެ.

Primary Features



Substrate: Polymer

Size of the note: 150 x 70 mm

Signature on the note: Governor Dr. Azeema Adam

Date on the note: 22 Zul’hijja 1436, 5 October 2015

Serial Number: Prefix of vertical serial number is in Dhivehi and prefix of horizontal serial number is in English

Handling Polymer


Learn key advantages of polymer, and tips on handling


Polymer notes feel different than paper notes and they have several key advantages:

• Lasts more than twice as long as paper notes

• ​Costs less to produce over lifetime of the notes

• Unlike paper, they do not absorb moisture

• Doesn't get dirty easily

• The plastic used is recyclable

ޕޮލިމަރ ނޫޓަކީ ކަރުދާސް ނޫޓާއި ވަރަށްތަފާތު އަދި ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެއް:

• ކަރުދާސް ނޫޓަށްވުރެ މަދުވެގެން ދެގުނަ އިތުރަށް ބޭނުންކުރެވޭ

• ދިގު މުއްދަތަކަށް ބަލާއިރު ނޫޓު ޗާޕުކުރުމުގެ ޚަރަދު ކުޑަ

• ކަރުދާސް ނޫޓާއި ޚިލާފަށް ފެން އަދި ތެޔޮ ފަދަ އެއްޗެހި އެތެރެއަށް ފޭދިގެން ނުދާނެ.

• އެހާ އަވަހަށް ނޫޓު ހަޑި ނުވޭ

• ނޫޓު ހެދުމަށް ބޭނުންކުރާ ޕްލާސްޓިކް އަލުން ބޭނުން ކުރެވޭ

To help the notes last longer:

• Avoid folding as much as you can

• Also avoid creasing, crumpling or stapling them.

• Do not iron, or apply any form of direct heat to the notes.

• Flatten notes by applying pressure to them or curling them in your hand.

ނޫޓުތައް ގިނަ ދުވަހަށް ބޭނުންކުރުމަށް:

• ނޫޓު ފަތް ނުޖެހުން

• ނޫޓަށް ހީރަސް ނުޖެހުން، ބޮނޑި ނުކުރުން

• އިސްތިރީގެ ހޫނުފަދަ ގަދަ ހޫނުތަކުން ނޫޓު ސަލާމަތްކުރުން

• ނޫޓު ތެދުކުރުމަށް ނޫޓު އަތުން ބާރަށް އޮއްބާލުން ނުވަތަ ނޫޓު ލެނބިފައިވާ ފަރާތް ނޫން އަނެއްފަރާތަށް މަޑުމަޑުން ލަންބާލުން

For soiled / torn notes:

Damaged notes will be removed from circulation when they are returned to MMA. In the meantime:

• Dry wet notes with a towel

• Wipe soiled notes with a damp cloth

• Repair torn notes with tape and use them again

ބާވެފައިވާ ނުވަތަ ވީދިފައިވާ ނޫޓުތައް:

ބާވެ ހަލާކުވެފައިވާ ނޫޓުތައް އެމް.އެމް.އޭ އަށް ލިބޭ މިންވަރަކުން ދައުރުވަމުންދާ ފައިސާގެތެރެއިން ނަގަމުންދާނެ. އޭގެކުރިން:

• ތެމިފައި ހުންނަ ނޫޓުތައް ފޮތިކޮޅަކުން ހިއްކުން

• ހަޑިވެފައި ހުންނަ ނޫޓުތައް ތެތް ފޮތިކޮޅަކުން ސާފުކުރުން

• ވީދިފައި ހުންނަ ނޫޓުގައި ޓޭޕު އަޅާ އަލުން ބޭނުންކުރުން

Technique for separating and counting the notes:

​Just got several brand new notes? To separate them:

• Quickly fan them

• Tap them against a hard surface

• Shuffle them, or

• Snap two notes together

ނޫޓުތައް ވަކިކުރުމަށް ނުވަތަ ގުނުމަށް ހަދާނެގޮތް:

އައު ނޫޓުތަކެއް ލިބިއްޖެނަމަ ނޫޓުތައް ވަކިކުރުމަށް:

• ފަންކާއެއްގޮތަށް ނޫޓުތައް ހުޅުވާލުން

• މޭޒެއްފަދަ ތަނެއްގައި ނޫޓުތައް މަޑުމަޑުން ޖަހާލުން

• ނޫޓުތައް އެކިތަންތަނަށް ބަދަލުކޮށްލުން ނުވަތަ

• ދެ ނޫޓު ވަކިކުރުމަށް ދެއިނގިލިން ނޫޓު ހިފަހައްޓާލުމަށްފަހު ދެނޫޓު ދެފަރާތަށް ދާގޮތަށް އިނގިލިން ހަރަކާތް ކޮށްލުން